News / އެފްޑީސީއިން މޯލްޑިވް ގޭސްއާއެކު ފަހުމުނާމާ އެއްބަސްވުމެއްގައި ސޮއިކޮށްފި
FDC

އެފްޑީސީއިން މޯލްޑިވް ގޭސްއާއެކު ފަހުމުނާމާ އެއްބަސްވުމެއްގައި ސޮއިކޮށްފި

Published on 13 June 2024

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓަޑާއި އެކު ފަހުމުނާމާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލެވެ. އަދި މޯލްޑިވިސް ގޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މޭނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު އެވެ.

މިއަދު ސޮއިކުރެވުނު މި ފަހުމުނާމާގެ މަޤްސަދަކީ، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓަޑުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިންގ އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި، ކޮންސަލްޓެންސީގެ ޚިދުމަތް ދިނުމާއި، ދެފަރާތުން ގުޅިގެން ބާޒާރުގެ އަގުތަކަށްވުރެ ހެޔޮ އަގުތަކެއްގައި އިތުބާރާއެކު މި މަސައްކަތައް ކުރެވޭނެ ގޮތްތަކެއް ހޯދުމެވެ.

މި ފަހުމުނާމާގެ މުއްދަތަކީ ތިން އަހަރެވެ.

މި އެއްބަސްވުމުގެ އިތުރުން އެފްޑީސިން ދަނީ އިސްލާމިކް މިނިސްޓްރީއާއެކުވެސް ފަހުމުނާމާ އެއްބަސްވުމެއްގެ ދަށުން މަސައްކަތްކުރަމުންނެވެ.