މި ކޯޕަރޭޝަނުން އަތޮޅު ތެރޭގައާއި ގްރޭޓަރ މާލެ ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް އިންވެސްޓްކުރުމުގެ ގިނަ ގުނަ ފުރުސަތުތަކެއް ވަނީ ހުޅުވާލެވިފައެވެ. މީގެ ތެރޭގައި ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢުތަކާއި އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އިމާރާތްކޮށް ތަރައްޤީކުރާ މަޝްރޫޢުތަކަށާއި އަދި އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކޮށް ތަރައްގީކުރުމުގެ މަޝްރޫއުތައް ތަރައްޤީ ކުރުމާއި މާލީ ގޮތުން އެހީފޯރުކޮށްދިނުން ހިމެނެއެވެ. މި ނޫން އެހެނިހެން ދާއިރާތަކަށް އިންވެސްޓްކުރުމަށް ބޭނުންވެލައްވާނަމަ info@fdc.mv އަށް އީމެއިލްކުރެއްވުން އެދެމެވެ.