ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ދިވެހި ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މުޅި ރާއްޖެއަށް އަމާޒުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް އެއްފުރާޅެއްގެދަށުން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ދަށުން 25 މާރިޗު 2019 ގައި އުފައްދާފައިވާ ކުންފުންޏެކެވެ.
މި ކޯޕަރޭޝަންގެ މައިގަނޑު އެއް އަމާޒަކީ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯދުމަށްޓަކައި ރައްޔިތުން އުފުލަންޖެހިފައިވާ ބުރަ ލުއިކޮށްދީ، ދެމެހެއްޓެވެނިވި ގޮތެއްގައިބޯހިޔާވަހިކަން ފޯރުކޮށްދިނުމާއެކު، ފަހި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމެވެ. މީގެއިތުރުން، މުޖުތަމައުގައި އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ސަބްސިޑައިޒްޑް އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި، އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ލުއިގޮތްތައް ހޯދައިދިނުން ހިމެނެއެވެ. މީގެ އިތުރުން، ސަރުކާރުގެ ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން އަޅާފައިވާ ހައުސިންގ ޔުނިޓުތައް ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ކުންފުނީގެ މަސައްކަތްތަކުގެ ތެރެއިންނެވެ.